ބާރަށުގައި އަލިފާން ރޯވި ގެ | ފޮޓޯ: ޕީއެސްއެމް

ބާރަށު ގެއެއްގައި އަލިފާން ރޯވެއްޖެ

ހއ ބާރަށު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށު "އޭސިއާ" ކިޔާ ގެއެއްގަ އެވެ. އަލިފާން ރޯވެފައިވަނީ އެގޭތެރޭގައި ވަކިން ހުރި ކޮޓަރި ބަރިއެއްގައި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެބެ.

މަންޒުރު ދުށް ފަރާތަކުން ވިދާޅުވީ އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށެވެ. އަދި އަލިފާން ރޯވި ކޮޓަރި ބަރީގެ ފާރުތައް ވަނީ ވަރަށް ބޮޑަށް ރެނދުލައި ކަނޑައިގެން ގޮސްފައި ކަމަށެވެ.

އަލިފާން ރޯވި ގޭގައި މިހާރު ދިރިއުޅެމުންދަނީ ދެމަފިރިއަކާއި އެމީޙުންގެ ދަރިންކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ވެފައި ނުވާކަމަށްވެސް އެސަރަޙައްދުގައި ހަރަކާތްތެރިވި މީހަކު ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ