ޖީސީއެފް ގެ މަޝްރޫއުއަށް ވީޑިއޯ ޑޮކިއުމެންޓްރީއެެއް ތައްޔާރު ކުރާނެ ފަރާތެއް ހޯދަނީ

ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް)ގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް "ޑޮކިއުމެންޓްރީ ވީޑިއޯއެއް ތައްޔާރު ކުރާނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ އެ މިނިސްޓްރީ އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުއާ ގުޅޭގޮތުން ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރަޖިސްޓަރީ ކުރައްވަން ވާނެކަމަށާއި، ބިޑް ހުށައެޅުމަށް ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ކަމަށް އެ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ ބީލަން ހުށަހަޅޭނެ ގަޑިއަކީ 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ޖަހާއިރުކަމަށާއި، ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަނިކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ 06 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައި ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައި ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ވިދަޅުވެފައި ވަނީ ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައި ކަމަށާއި. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫޢުއަށް "ޑޮކިއުމެންޓްރީ ވިޑިއޯ އެއް ތައްޔާރުކުރާނެ ފަރާތެށް" ހޯދުން")، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި އޮންނަންވާނެކަމަށެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ