ދެކުނުގެ މޫސުން ރަނގަޅު ނުވުމާއެކު އެލާޓް ދަމަހައްޓައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު 10:10 އިން މެންދުރުފަހު 15:00 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލަގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށެވެ.
White Alert extended for heavy rain, thunderstorms and gusts for the area between Gaafu Alifu Atoll to Addu City. pic.twitter.com/v0lyFmbvs3
— Maldives Meteorology (@MetMaldives) July 18, 2020
ރޭ 23:00 އިން ފެށިގެން މި ސަހަހައްދަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ރޭ 23:00 އިން ފެށިގެން ފަތިހު 04:00 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓްވަނީ ފަތިހު 04:00 އިނަ ހެނދުނު 10:10 އަށް ދަމަހައްޓައިފައެވެ. އަދި ދެންމެ ވަނީ އ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލަގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް 5 ގަޑިއިރަށް އިތުރުކޮށްފައެވެ.



