ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފިޝަރީޒް މިނިސްޓްރީއިން ޢިލްތިމާސްކޮށްފި

ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތީކަންކަން ފުރިހަމަކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޢިލްތިމާސްކޮށްފިއެވެ.

އެމިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، މިދުވަސްވަރަކީ އާދަޔާ ޚިލާފަށް ވައި ބާރު އަދި ކަނޑުގެ ރާޅުތައް ބޮޑުވެ އުދައަރާ، މޫސްން ގޯސް ދުވަސްވަރަކަށް ވުމާއިއެކު، މަސްވެރިކަންކުރަން ނުކުންނަ އުޅަނދުފަހަރުތަކާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުން ދަތުރުކުރުމުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރެއްވުމަށް ހުރިހާ މަސްވެރިންނާއި ދަތުރުވެރިންނަށް އިލްތިމާސްކުރާކަމަށެވެ.

އަދި މިއަދު ހެނދުނު 8:45 ހާއިރު 9 ފަޅުވެރިންނާއެކު، ކ.ހުރާ ކަނދުފަތިކައިރީގައި މަސްވެރިކަންކުރުމަށް ނުކުމެ އުޅުނު "ކަނޑުރޯދި " ދޯނީ އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވި ޚަބަރު އެހީ ފުން ހިތާމައާއެކުގައިކަމަށާއި، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ދިމްވި މިހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު އެންމެހާ ލޮބުވެތި މަސްވެރިންނާއި، އެމަސްވެރިންގެ އާއިލާތަކުގެ މެންބަރުންގެ މިހިތާމައިގައި މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވާކަމަށްވެސް މިބަޔާނުގައިވެއެވެ.

މީގެއިތުރުން އެމިނިސްޓްރީއިންވަނީ މިހާދިސާގައި "ކަނޑުރޯދި 1" އަށް އެހީތެރިކަން ފޯރުކޮށްދިން ކ. ގުޅި، "ރޭޝަމް" ދޯނީގެ ހުރިހާ
ފަޅުވެރިންނަށާއި އަދި މިހާދިސާ ހިނގުމުން އެހީތެރިކަން ފޯރުކޮށްދިން އެމް.އެން.ޑީ.އެފް. ގެ މާލޭ އޭރިޔާގެ ކޯސްޓްގާޑްގެ ސްކޮޑު ރަންއަށް ޝުކުރުދަންނަވާފައެވެ.

ދޯނި އަޑިއަށް ދިޔައީ ބާރު ކޮޅިގަނޑެއްގައި، ސަލާމަތްކުރީ ކައިރީ އޮތް ދޯންޏެއް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ