ހުޅުމާލެ- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ހަދާ އިމާރާތްތަކުގެ ކުރެހުން ފާސްކުރުމަށް ކަރުދާސް ބޭނުން ކުރުން ހުއްޓާލައިފި

ހުޅުމާލޭގައި ހަދާ އިމާރާތްތަކުގެ ކުރެހުން ފާސްކުރުމުގައި ކަރުދާސް ބޭނުން ކުރުން ހުއްޓާލައިފިއެވެ،

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެފައިވަނީ ކުރެހުން ފާސްކުރުމުގެ މަރުހަލާގައި ހިމެނޭ ކަރުދާސް މަދުކުރުމަށާއި ރައްޔިތުންނަށް އިހަށްވުރެ ފަސޭހަގޮތެއް ހޯދައި ދިނުމުގެ ގޮތުން އޮންލައިންކޮށް މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަދާ އިމާރާތްތަކުގެ ކުރެހުން ފާސްކުރުމުގެ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމް 12 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ ކަމަށާއި މި ޚިދުމަތަށް އެދުމަށް ބޭނުން ކުރާ "ފަރުމާ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙު ކުރެވިފައިވާކަމުގައި އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެކޯޕަރޭޝަނުން ވިދާޅުވެފައިވަނީ 1 ސެޕްޓެމްބަރ 2020 ގެ ފަހުން ކަރުދާހުގައި ހުށައެޅޭ ކުރެހުންތައް ބަލައި ނުގަނެވޭނެކަމަށެވެ. އެކޯޕަރޭޝަނުން ބަލަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ޤާއިމްކޮށްދިނުމަށް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ކުރެހުން ފާސްކުރުމަށް އަހަރަކު 43،000 ކަރުދާސް ހޭދަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ