ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާގެ އާއިލާއަށް ފުލުހުންގެ ތައުޒިޔާ

ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ސ. ނަމްބަރު 2572 (ފަހާގެ/ ދ. ކުޑަހުވަދޫ) ވަނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ނިޔާވެފައެވެ.

ފުން ހިތާމައިގެ މި ދަނޑިވަޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ނަމުގައި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާފައިވެއެވެ. އަދި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޞްރަތު ގައި ދުޢާ ދަންނަވާފައިވެއެވެ.

ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ މެދުނުކެނޑި 14 އަހަރަށްވުރެ ދިގު މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޚިދުމަތް ކުރައްވާފައިވެއެވެ. ނިޔާވި އިރު ހުންނެވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޓީޑީ އޮފިސަރެއްގެ މަޤާމުގައެވެ. ލިބިލައްވާފައިވާ ކުލަ އަދި މެޑަލްތަކުގެ ތެރޭގައި އަޚުލާޤީ ކުލަ އެކެއް އަދި އަޚުލާޤީ ކުލަ ދޭއް، މިނިވަން ފަންސާހުގެ މެޑަލް، ފުލުހުންގެ ޚިދުމަތުގެ ކުލަ އަދި އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ.

ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ ނިޔާވި އިރު 2 އަންހެން ބޭފުޅަކާއި 1 ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. ނިޔާވި އިރު ޢުމުރަކީ 35 އަހަރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ