ނަރު ރޯލުތަކެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ނަރު  ރޯލުތަކެއްގެ ވެރިފަރާތް ހޯދުމުންގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި، މި ތަކެއްޗަކީ، އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދިވެހި 2 ފިރިހެނުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ.

ފުލުހުން ބުނީ، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެ ތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އެމީހުން ފެނުމުން، އެއީ ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވިގެން އެދެ މީހުން ހުއްޓުވައި ސުވާލުކުރުމުން އެތަކެތީގެ ވެރިފަރާތް ބުނެދެވިފައިނުވާތީއެވެ.

އެހެންކަމުން، މިތަކެތީގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު 460832 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ