ކޯވިޑް-19 އާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މިހާރުގެ ޙާލަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ޙިއްޞާކުރައްވައިފިއެވެ.
މިގޮތުން މި ރޯގާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި، ރޯގާގެ ޙާލަތަށް އަންނަ ބަދަލާ ގުޅިގެން އިތުރަށް ހަމަޖައްސަންޖެހޭ އެކިއެކި އިންތިޒާމުތަކާ ބެހޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ
ކޮވިޑް-19 އަށް މުޅި ރާއްޖެއިން މިހާތަނަށް 67،985 ސާމްޕަލް ޓެސްޓު ކުރެވި 2،999 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 2،369 އެވެ. އަދި މިބައްޔަށް މިވަގުތު ރާއްޖޭގައި ފަރުވާދެމުންދަނީ 600 މީހުންނަށެވެ.
15 މީހަކުވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.



