އެމްޑީޕީ އިތުރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

އެމްޑީޕީ އިތުރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އިޢުލާންކޮށްފައިވާ ގޮތުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިފަހަރު ނަން އަނބުރާ ގެނެސްފައިވަނީ ރ. އަތޮޅު އިންނަމާދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު ނަމްބަރު 8 ޢާއިޝަތު މީނާޒު އެވެ. މި އީ އެމްޑީޕީ ކެންޑިޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން  ނަން އަނބުރާ ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މިހާތަނަށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ 15 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ 7 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ ކެންޑިޑޭޓަކާއި އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވެއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ