ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ވައްކަމުގެ ދެ މައްސަލައެއްގައި ހުޅުމާލެއިން 3 މީހަކު ޙައްޔަރުކޮށްފި

ވައްކަމުގެ ދެ މައްސަލައެއްގައި ހުޅުމާލެއިން 3 މީހަކު ޙައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

އެގޮތުން ހުޅުމާލޭ ގެސްޓު ހައުސްކައުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއްގައިދެމީހަކު ހައްޔަރުކޮށްފައިވާއިރު، ހުޅުމާލެއިން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހާކު ޙައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ގެސްޓު ހައުސްކައުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ދެމީހަކު ހައްޔަރުކޮށްފައިވާއިރު އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކާއި 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި  އެދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ގެސްޓުހައުސްއަކުން ލެޕްޓޮޕެއް ވަގަށް ނަގައިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސީސީޓީވީ ކެމެރާތައް ބަލައިގެން ފުލުހުންކުރި މަސައްކަތުން ބިދޭސީ މީހާ މަސައްކަތް ކުރާ ތާކައިރިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޖުލައި މަހު 24 ވަނަ ދުވަހުގެރޭގެ ވަގުތެއްގައިކަމަށެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ ލެޕްޓޮޕާ، ލެޕްޓޮޕް ދަބަހާއި ލިޔެކިޔުންތަކެއް ބިދޭސީމީހާ މަސައްކަތް ކުރާ ތަނުގައި ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

ފޯނެއް ވަގަށް ނެގި މައްސަލާގައ ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ މި ޖުލައި 23 ވަނަ ދުވަހު ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށްނަގާފައިވާ ކަަމަށް ހުށަހެޅި މައްސަަލައަކާ ގުޅިގެން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުންކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ކެމެރާ ބަލައި އޭނާ ހުރިތަން ހޯދާފައިވާއިރު، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުވަނީ ދީފައެވެ.

މި ދެ މައްސަލަވެސް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ