މަޖިލީހުގެ ޖަލްސާއެއްގައި ރީކޯ މޫސަ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

ޕާޓީ އޮފީހެއްގައި ޤައުމީ ސަލާން ކިޔާ ޤައުމީ ދިދަ ނެގި ޕާޓީއެއް ނުފެނުނު - ރީކޯ

ޕާޓީ އޮފީހުގައި ޤައުމީ ސަލާން ކިޔާ ޤައުމީ ދިދަ ނެގި ޕާޓީއެއް ނުފެނުނު ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާތީތަކެއް އުފެދި ސިޔާސީ ގޮތުން ބޮޑެތި ހަރަކާތައް ހިންގަމުންދާއިރު، ރީކޯ ވިދާޅުވެފައިވަނީ ޤައުމީ ލޯތްބާއި، ވަތަންގެ ލޯބި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހުރިވަރު ފެނިއްޖެކަމަށެވެ. އެގޮތުން ސިޔާސީ ޕާތީތަކަށް ފާޑުވިދާޅުވަމުން ރީކޯ ވިދާޅުވެފައި ވަނީ ޕާޓީ އޮފީހެއްގައި ހެނދުނު ޤައުމީ ސަލާމް ކިޔާލާ، ގައުމީ ދިދައެއް ހިއްލާލި ޕާޓީއެއްގެ ވާހަކައެއް މީޑިޔާއަކުންވެސް ނުފެނުނުކަމަށެވެ.

ރީކޯ އިތުރަށް ވިދާޅުވެފައި ވަނީ މިނިވަންކަމަށް ބުރޫއެރިޔަސް އަރާނީ ރާއްޖޭގެ އެތެރޭގެ ކޯޅުންބޮޑުވެ ސިޔާސީ މީހުން އެއްބަޔަކު އަނެއްބަޔަކަށް ސަރަހައްދުގެ ބާރުހުރި ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ވަންނަން ޖާގަ ފަހިކޮށްދޭތީކަމަށެވެ. ރީކޯ ވިދާޅުވެފައިވަނީ މިއީ ތާރީޚުގަ ވެސް މިކަން ހިނގާފައޮތްގޮތް ކަމަށެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 55 އަހަރު ފުރި އުފާވެރި މިނިވަންދުވަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު، މިއަހަރުގެ މިނިވަންދުވަހުގެ މުނާޞަބަތުގައި މިއަދު ހެނދުނު ވަނީ ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ޚާއްސަ އިޙްތިފާލު ބާއްވާފައެވެ. މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ