ހިޔާނާތުގެ ތަހުގީގުގެ ނަމުގައި އެސެޓް ރިކަވަރީ ކޮމިޝަންއެއް އުފައްދައިގެން އުޅެނީ އިދިކޮޅު ކޯލިޝަންގެ މެންބަރުންނަށް ބިރުދައްކަން ކަމަށާއި ހިޔާނާތުގެ ތަހުގީގު ނުކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ޝިޔާމް ވިދާލުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންދާ ވަރު މާ ލަސް ކަމަށާއި ބާރަށް އިންސާފުވެރިކަމާއެކު ތަހުގީގު ގެންދިއުމަށް ގޮވާލައިފައި ވެއެވެ. އަދި ރަނގަޅަށް އިންސާފުވެރިކަމާއެކު ތަހުގީގު ކުރިއަށް ގެންގިސްފިނަމަ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ނުހުންނަވާނެކަމަށް ވިދާޅުވެފައި ވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް، އަހުމަދު އަސްއަދަށް ފާޑުވިދާލުވަމުން ޝިޔާމް ވިދާޅުވެފައިވަނީ އަސްއަދު އުޅުއްވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވައިގެން އަޅުގަނޑުމެންނަށް ބިރުދައްކަވަން ކަމަށާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް އަސްއަދު ހުންނެވިއިރު ކީރިތި ގުރްއާން ޗާޕް ކުރަން ހަވާލުކުރުމުގައާއި، ކުންފުނިތައް އުފެއްދި ކެޕިޓަލް ހަރަދުތަކަކަށް ހިޔާނާތްވެފައިވާ ކަމުގެ ތުހުމަތު އަސްއަދައް ކުރައްވައިފައެވެ.
އަދި އެސެޓް ކޮމިޝަންގެ ރައީސްއަށް ލާފައި މި ހުރީ ކޮންފަދަ ބޮޑެތި ވައްކަންތަކުގެ ތުހުމަތު ކުރެވިފައި ހުރި ބޭފުޅެއް ކަމަށާއި އެ ބޭފުޅެއަގެ އޮންނާނީ ކޮން ނަޒާހަތްތެރި ކަމެއްތޯ ސެވާލު ކުރައްވާފައި ވެއެވެ.
ކޮވިޑް-19 ގެ މި ބަކލިމަޑުކަމުގެ ތެރޭގައި، ރާއްޖެގެ އިގްތިސާދު ދަށްވެފައިވަނިކޮށް ވައްކަން ކުރަމުންދާކަމަށާއި، ދިވެހި ރައްޔިތުން ނިކަމެތިކޮށް ބިކަވެ، އެންމެ ބޮޑު އަނިޔާއެއް ލިބެމުންދަނީ ރައްޔިތުންނަށް ކަމަށާއި މި ސަރުކާރަށް އޮތް އުންމީދު ކުޑަވެފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި ޖަލަށް ދާން ޖެހުނަސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތެއް ހުއްޓައެއް ނުލާނެ ކަމަށާއި "މިނިވަން އިޖްތިހާޖާ" ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމުން އެކަމަށް ޝިޔާމް ވަނީ ފާޑުވިދާޅުވެފައެވެ.




