މާފަންނު ކުނޫޒު ކައިރި | ފޮޓޯ: ޓްވިޓާ

ކުނޫޒު ކައިރިން ހޯދި ޓީވީއެއްގެ ވެރިފަރާތް ހޯދަނީ

މ. ކުނޫޒު ކައިރިން ހޯދި ޓީވީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެދަށުގައި ހުރި ހައިސެންސް ބްރޭންޑްގެ ޓީވީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

ފުލުހުން ވިދާޅުވީ މި ޓީވީއަކީ 2020 ޖުލައި 26 ވަނަ ދުވަހުގެ 16:50 އެހާކަންހާއިރު މ. ކުނޫޒް ކައިރިން ދެ މީހަކު ޓީވީއެއް ހިފައިގެން ދަނިކޮށް، އެދެމީހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރުމުން ޓީވީގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓީވީއެއް ކަމަށެވެ.

މި ޓީވީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461299 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ޓީވީއާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ