ރ. ދުވާފަރު ފިހާރައަކުން ވަގަށް ނެގި ފައިސާތަކެއްގެ އެއްބައި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ރ. ދުވާފަރު ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދައި އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު ފިހާރައަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަަށްބުނެ ޖުލައި 27 ވަނަ ދުވަހުގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެދުވަހުގެ 19:40 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 1050 ރުފިޔާ ހޯދާފައިވާ ކަމަށާއި، މިފައިސާތައް ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މިހާ އުޅެމުންދާ ގެއިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ބެލިބެލިމުން އެފިހާރައިން ވަގަށް ނަގާފައިވަނީ 1900 ރުފިޔާކަން އިނގިފައިވާ ކަމަށާއި މިމައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



