ކޯލިޝަން ތެރޭ ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވާ: ސައީދު

ކޯލިޝަން ތެރޭ ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓްްގައި ވިދާޅުވެފައިވަނީ ޓުއަރިސްޓުންނަށް ބޯޑަރު ހުޅުވާލި އިރު އަސާސީ ގިނަ އިންތިޒާމުތައް ހުރީ ހަމަނުޖެހި ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރު ކޯލިޝަން ތެރޭ ގުރުއަތުލައިގެން ނަމަވެސް ޓުއަރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ގޮވާލެއްވި އެވެ. އަދި ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދާން ޕީސީއާރު ޓެސްޓް ނުހެދިގެން ނުފުރޭ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކި ކޮށްފައިވަނީ 9 ޖުލައި 2020 ގައި މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކަކާއި ހުރެއެވެ. އަދި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ވަގުތީ ގޮތުން އެ މިނިސްޓްރީ އާ ހަވާލުވެ ވަޑައިގެންނެވީ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ