ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފިއެވެ.

ޖެއެސްސީ އިން ކޮށްފައިވާ މި އިއުލާނުގައި ބުނެފައިވާގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތެއް އަހްލާގީ ގޮތުން އަދި ސުލޫކީ ގޮތުން 8 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.

އެގޮތުން ފުރިހަމަ ވާން ޖެހޭ ކަނތައްތަކަކީ މުސްލިމެއް ކަމުގައިވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުމާއި އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 30،000 ލިބިވަޑައިގަންނަވާއިރު ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 36،000 ރުފިޔާއެވެ.

މި ދެ މަގާމަށް ކުރިމަތިލާ ފަރާތްތަށް އުމުރުން 25 އަހަރަށް ވުރެ ދަށް ވެގެން ނުވާނެ ކަމަށާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލާ ފަރާތް މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުންނަޖޭކަމަށް އިއުލާނުގައި ވާއިރު ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ 5 އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެއެވެ.

ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތައް 16 އޮގަސްޓް 2020 ވަނަ ދުވަހު 14:00 ގެ ކުރިން ފޯމް ހުށަހެޅުމަށް އެދިވަޑައިގެންފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ