ޗެމްޕިއަންސް ލީގުގައި ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުންވެސް ބޭލް ބާކީ ވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާރ ސިޓީއާއި ދެކޮޅަށް ރެއަލްމެޑްރިޑް ކުޅޭ މެޗުންވެސް ގެރެތު ބޭލް ބާކީ ވެއްޖެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ބުރަށް ރެއަލްމެޑްރިޑުން ގެންދާ ޓީމު ހާމަކޮށްފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ބޭލްއަށް ފުރުޞަތު ނުދީ ޑިފެންޑަރު ރާމޯސްއަށް ފުރުޞަތު ދީފައި ވުމުންނެވެ. މިމެޗުގެ ފުރަތަމަ ލެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ސިޓީ ދަނޑުގައި ކުޅެވޭ ދެވަނަ ލެގުގައި ރާމޯސްއަށް ނުކުޅެވޭނެކަން ފާހަގަކޮށްލެވެއެވެ.

ރެއަލްމެޑްރިޑް ދަނޑުގައި ކުޅުނު މިމެޗު 1-2 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފައިވުމުން، މާދަމާރޭ ކުޅެވޭ މިމެޗުގެ ދެވަނަ ލެގުގައި ރެއަލްމެޑްރިޑަށް ހަމަޖެހިލެވެންވެސް އޮތީ ދެލަނޑު ކާމިޔާބުކޮށްގެންނެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 12:00 ގައެވެ.

ސްޕެނިޝް ލަލީގާގައި ރެއަލްމެޑްރިޑް އެންމެފަހުން ކުޅުނު މެޗުގައިވެސް ބޭލް ހިމެނިފައިނުވާއިރު، ބޭލް އެންމަފަހުން ރެއަލްމެޑްރިޑަށް މެޗެއް ކުޅެދީފައިވަނީ ޖޫން 24 ގައެވެ. މިފަހަކަށް އައިސް ރެއަލްމެޑްރިޑުގެ ބެންޗުން ޖާގަ ލިބެމުން އަންނަ ބޭލްއަށް ގިނަ މެޗު ނިމޭއިރުވެސް ކުޅުމުގެ ފުރުޞަތެއް ނުލިބެއެވެ. މިދިޔަ އަހަރު ބޭލް ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ. އެހެންނަމަވެސް ބޭލް ރެއަލްމެޑްރިޑް ދޫކޮށްލަން އުޅުނުކަން އޭޖެންޓް ބާނެޓްވަނީ ދޮގުކޮށްފައެވެ. އަދި ރެއަލްމެޑްރިޑާއެކު ބޭލް ގަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތްކަމަށައި އޭގެކުރިން ބޭލް ރެއަލްމެޑްރިޑް ދޫކޮށް ނުލާނެކަމަށް އޭނާގެ އެޖެންޓް ޖޮނަތަން ބާނެޓް ދާދިފަހުންވަނީ ބުނެފައެވެ.

ނަމަވެސް މިފަދަ މުހިންމު މެޗުތަކުން ބޭލްފަދަ މުހިންމު ކުޅުންތެރިންނަށް ފުރުޞަތު ނުދޭނަމަ، ކްލަބު ދޫކޮށް ދިއުމަކީ މާ ދުރުގައި އޮތްކަމެއް ނޫނެވެ. ކުޅުންތެރިންނަކީވެސް އަބަދުވެސް ފުރުޞަތު ހޯދައި ލިބަފައިވާ ހުނަރު ކުރިއަރުވަން މަސައްކަތްކުރާ ކުޅުންތެރިންނެވެ.

ބާކީ ދެ އަހަރު އެބައޮތް، ބޭލް ރެއަލްމެޑްރިޑް ދޫކޮށެއް ނުލާނެ: އެޖެންޓް

ކޮވިޑް-19 އަށް ފަހު އަނެއްކާވެސް ޔޫއެފާ ޗެމްޕިއަންސް ލީގު ފެށުމަށް ތައްޔާރުވަމުން އަންނައިރު، ގަދަ 16 ގެ ނުކުޅެ ހުރި މެޗުތައް ކުޅުމަށް ނިންމާފައިވަނީ އޮގަސްޓް 7 އަދި 8 ގައެވެ.

އަދި ކުއާޓާރއާއި ހިސާބުން މުބާރާތް މިނީ ޓާނަމެންޓަށް ބަދަލުކުރާގޮތަށް ނިންމާފައިވާއިރު، ކުއާރޓާރ ފައިނަލް، ސެމީ ފައިނަލް އަދި މުބާރާތުގެ ފައިނަލް ކުރިއަށް ދާނީ އޮގަސްޓް 12 އިން އޮގަސްޓް 23 އަށެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ