ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ޙުކުމްކުރި ފަނޑިޔާރު ޢަލީ ރަޝީދު ސުޕްރީމްކޯޓަށްލަނީ ހަދިޔާއަކަށްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަށް ނުޙައްގު ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ސްޕްރީމް ކޯޓުގެ ގޮނޑިއެއް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ނިންމެވީ އެ ޙުކުމް ކުރުމުގެ އިނާމަކަށްކަމަށެވެ. އަދި ރައީސް ޞާލިޙުގެ މިނިންމެވުމުންވެސް ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު ޔަޤީންވެގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ނުޙައްގު ޙުކުމެއް ކުރުމުގެ އިނާމަކަށް،ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދަށް ދިނުމަށް ރައީސް ޞާލިޙު ނިންމެވުމުން ޔަގީން ވެގެން މި ދިޔައީ ރައީސް ޔާމީނުގެ ޙުކުމަށް ރައީސް ޞާލިޙު ނުފޫޒު ފޯރުވި މިންވަރު @ibusolih @Ch13official @dhenonline
— Abdul Raheem Abdulla (@Banafsaa) August 6, 2020
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިވާކަން ރައީސް ސާލީޙް ހާމަކުރެއްވީ މިއަދުއެވެ.
އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު ފޮނުވާފައިވާނެކަމަށެވެ.
އޭގެތެރެއިން ޤާޒީ އަލީ ރަޝީދު ހުސައިން އަކީ ކުރީގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުއެވެ.
ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖޭއެސްސީގެ ލަފާ ހޯދަނީ




