ކްރޯނާ ވައިރަސް ވެކްސިންގެ އަގު 3 ޑޮލަރަށް ތިރިކުރަން ބިލް ގޭޓްސް 150 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ބުނެފިއެވެ.
ހުކުރު ދުވަހު ބިލް ގޭޓްސް ބުނެފައިވާ ގޮތުގައި، ކްރޯނާ ވައިރަހަށް ވެކްސިންއެއް އުފެއްދިއްޖެ ނަމަ، ދުނިޔޭގެ ފަގީރު ހިސާބު ތަކަށް އެ ފައުންޑޭޝަން އިން ކްރޯނާ ވައިރަސް ވެކްސިން ދިނުމަށް 150 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. މިއަކީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި ބިލް ގޭޓްސް މިހާތަނަށް ކޮރޯނާ ވައިތަހުގެ ބަލިމަޑުކަމަށް ހޭދަކުރަން ބުނެފައިވާ އެންމެ ބޮޑު އެހީއެވެ.
ބިލް ގޭޓްސް ހިމެނިގެންދަނީ ފާއިތުވެ 20 އަހަރު ތެރޭގައި ވެކްސިން އުފެއްދުމުގައި އެތައް ހަރަދެއް ކޮށްފައިވާ ފަރާތެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ދުނިޔޭގައި ވެކްސިން އުފެއްދުމަށް 4 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
މުއްސަނދި ގައުމު ތަކުން ކޮރޯނާ ވައިރަހުން ސަލާމަތް ވުމަށް އެތައް ހޭދައެއް ކުރެވުނަސް، ފަގީރު ގައުމުތަކުން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުން އަރއުގަތުމަށް އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފާއިތުވެ ދިޔަ މަސްތަކުގައި ބިލް ގޭޓްސް އަންނަނީ ބުނަމުންނެވެ. ބިލް ގޭޓްސް ފައެންޑޭޓަން އިން މިހާތަނަށް ޖުމްލަ 500 މިލިއަން ޑޮލަރު ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގައި ހޭދަކޮށްފައިވެއެވެ.




2 Responses
މާތްﷲ ބިލްގޭޓައް ތެދުމަގުދައްކަވާށި.
އާމީން
rajjeyga mikan nuvaane. aguheyokuran.echcheh libunas vikkaanee hama aguga. ainu fihaara thakun ves hadhaagoiy. adhi kulinik thakunves hadhaagoiy.aasandhain dhenee dhen dheyn jehey echchakah vegen.agu naganee meehun athun.aasandha agu fottah