ހުޅުމާލެ ވޯޓަރ ޕާކު ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ވޯޓަރ ޕާކް ތެރޭގައި އަލިފާނުގެ ހާދިޝާއެއް ހިނގާފައިވާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ ހުޅުމާލެ ވޯޓަރ ޕާކް ތެރޭގައި އޮތް ޓައިރެއްގައި ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިއު ޓީމް އަލިފާނުގެ ހާދިސާ ހިނގިތަނަށް ގޮސް އަލިފާންގަނޑު ނިއްވާލާފައި ވާކަމަށެވެ. އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެންއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
?#Breaking: Hulhumale water them park gai alifaanuge haadhisaa eh hingaifi. #HappeningNow
Ithuru mauloomaathu: https://t.co/rN539OgeaL pic.twitter.com/J90N2O8rTF
— #MvCrisis ?? (@MvCrisis) August 12, 2020
އެސަރަހައްދުން އަލިފާނުގެ އަސަރު ނުފެނުނުނަމަވެސް އެސަރަހައްދުން ކޮންމެވެސް ވަރަކަށް ކަޅު ދުން އަރަމުންދާ މަންޒަރު ފެނެއެވެ.



