ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި އޮންލައިންކޮށް ކިޔަވާ ކުދިންނަށް ހިލޭ އިންޓަރނެޓް ޖަކަތްރާގެ މިސްކިތުން ފޯރުކޮށްދެއެވެ.
ހިލޭ އިންޓަރނެޓް ފޯރުކޮށްދެނީ އިންޑޮނޭޝިއާގެ ދެކުނު ޖަކަތްރާގައި ހުންނަ މަސްޖިދް އަލް އިޙްލާސް މިސްކިތުންނެވެ.
މި މިސްކިތުން އޮންލައިންކޮށް ކިޔެވުމަށް އިންޓަނެޓްގެ ދަތިކަން ދިމާވެފައިވާ ކުދިންނަށް ހިލޭ އިންޓަރނެޓްގެ އިތުރުން ކިޔަވާނެ ތަނާއި ލެޕްޓޮޕް ވެސް ފޯރުކޮށްދެއެވެ.
ދުވާލެއްގެ މައްޗަށް 15 ކުދިންނަށް މި މިސްކިތުން މި އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ގޭގައި އެކަނި ތިބެ ކިޔެވުމަށް ވުރެ މިސްކިތައް އައިސް އެހެންކުދިންނާ ދިމާވެ ކިޔެވުން އެކުދިންނަށް މާ މަޖަލެވެ.




