ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

ބިޔަ ބޮޑު ލޯނަކަށް ވުރެ ދިވެހިން ބޭނުމީ މިނިވަންކަން: ސުޖާއު

ބިޔަ ބޮޑު ލޯނަކަށް ވުރެ ދިވެހިން ބޭނުމީ މިނިވަންކަން ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި ޖުޖާއު ވިދާލުވެފައި ވަނީ ގައުމު ވިއްކާލަން ދިވެހިން ބޭނުން ނުވާނެ ކަމަށާއި "ބިޔަ ބޮޑު ލޯން" އަކަށް ވުރެ ދިވެހިން ބޭނުންވާނީ މިނިވަންކަން ކަމުގައެވެ.

"މިސަރުކާރުން ނޫންތޯ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރު ހޯދި ލޯނާއި ހިލޭ އެހީއަށް ވުރެ ގިނަ ލޯނާއި ހިލޭ އެހީ މި ސަރުކާރުގެ 1 އަހަރުން ހޯދައިފާނަމޭ؟" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު އިތުރަށް ވިދާލުވީ ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ "ބިޔަ ބޮޑު ލޯނެއް" ބޮލުގަ އަޅުވާފަ ގައުމު ވިއްކާލުމެއް ނޫން ކަމަށާއި ދިވެހިންނަކީ އަމިއްލަ މިނިވަން އިޤްތިސާދެއް އޮތުމަށް ބެނުންވާ ބައެއް ކަމަށެވެ. އަދި ރާއްޖޭގެ ޕޯޓް ހިންގޭ ފެންވަރު ދިވެހިން ކިބައިގައި އެބަހުރި ކަމަސް ވިދާލުވިއެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. އެހެން އެއްވެސް ކަމެއް ނޫން އަޅުގަނޑު މިއަދު މި ކުރަނީއެއް. މި ދަޢުލަތް ދަރާފާނެ ކަމުގެ ބިރުވެރިކަން، ސްވެރިން ޑެބްޓަކަށް އަޅުގަނޑުމެން ގޮސްދާނެ ކަމުގެ ބިރުވެރިކަން، މިދިޔަ ހަފްތާގައި އަޅުގަނޑަށް އިޙްސާސް ވި” ކަމަށެވެ.

ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދައުލަތުގެ ނަމުގައި ދީފައިވާ ގެރެންޓީތަކުގެ ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރަނގަޅަށް މެނޭޖު ކޮށްފައި ނުވާ ކަމަށާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެކަން ރަނގަޅަށް ކުރައްވަމުން ނުގެންދަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ