ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ފުލުހުން ވިދަޅުވެފައި ވަނީ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ މި އޮގަސްްޓު މަހުގެ 13 އަދި 15 ގައި މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވިދަލުވެފައި ވެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗަކީ:
އޮގަސްޓް 13 ވަނަ ދުވަހު މއ. ދޮޅަނބުގެ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފެން މޯޓަރަކާއި ކަރަންޓް ބޯޑުތަކެއް އިތުރުން ދަނގަޑު ބްރެކެޓްތަކެއް. އިންސިޑެންޓް ނަންބަރު 462574
އޮގަސްޓް 15 ވަނަ ދުވަހު ރަތްދެބައިމަގު ޖަމާލުއްދީން ސްކޫލު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލަކާއި ބޮޑީ ސްޕްރޭ އަދި ކޯލޯން ސްޕްރޭ ފުޅިތަކެއް. އިންސިޑެންޓް ނަންބަރު 462726
ފުލުހުން ވިދާޅުވީ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދޭކަމަށެވެ.



