ވީޑިއޯގެ ސްކްރީންޝޮޓެއް

އަލީ ރަމީޒު ދިރިއުޅޭގެއިން ފައިވާނެއް ވަގަށް ނަގައިފި

އަލީ ރަމީޒު މާލޭގައި ދިރިއުޅޭ އިމާރާތުގެ 3 ވަނަ ފަންގިފިލާއިން، މީހާކު ފައިވާނެއް ވަގަށް ނަގައިފިއެވެ.

އަލީ ރަމީޒު ދިރިއުޅޭ ގޭގެ3 ވަނަ ފަންގިފިލާއަށް ވަދެ މި މީހާ ފައިވަން ނަގައިގެން ދާ މަންޒަރު ފެންނަ ސީސީޓީވީ ގެ ފޫޓޭޖް އަލީ ވަނީ އޭނަގެ ރަސްމީ ފޭސްބުކް އެކައުންޓްގައި މިއަދު ހިއްސާކޮށްފައެވެ.

"އަޅުގަނޑުމެންގެ ގެއަށް މިރޭ ވަގަކު ވަދެ، 3 ވަނަ ފަންގިފިލާއިން ފައިވާނެއް ވަގަށް ނަގައިގެންދާ މަންޒަރު"، މިހެން ކެޕްޝަންގައި ލިޔެ މި ވީޑިއޯ އަލީ ރަމީޒު ވަނީ ހިއްސާކޮށްފައެވެ.

މި ސީސީޓީވީ ފޫޓޭޖްއިން ފެނިގެންދަނީ، ފިރިހެނަކު އެގޭގެ ފަންގިފިލާއަކަށް އަރާ ފައިވާނެއް ނަގައިގެން ދާ މަންޒަރެވެ. އަދި ފައިވަން ނެގުމުގެ ކުރިންވެސް ކެމެރާއެއް ހުރިތާ ބަލާ ޗެކް ކުރާ މަންޒަރު ފެނުނުއިރު، ފައިވާން ވަގަށް ނަގައިގެން ދަމުން އެމީހާ ނިކުމެގެންދަނީ ސީސީޓީވީއަށް ބަލާލުމަށްފަހުއެވެ.

Alhugandumenge geyah mirey vagaku vadhe, 3 vana floor in faivaaneh vagah nagaigen dhaa manzaru.

Posted by Ali Rameez on Sunday, August 16, 2020

އަލީޯ ރަމީޒުގެ މި ވީޑިއޯ ފޭސްބުކްގައި ހިއްސާކުރުމާއެކު، ގިނަ ބަޔަކު މި ޕޯސްޓް ޝެއާކޮށް، ވީޑިއޯ ވައިރަލް ކޮށްލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ