ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހުންނެވީ ދެ ވައްކަމެއް ކޮށްގެން ކަމަށާއި މިހާރުން މިހާރަށް މަގާމުން ވަކިކުރަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ކޮވިޑު-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި އެކި ހަރަދުތަކުގައި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް އެކުލެވޭ ކަމަށް އޮޑިޓު ރިޕޯޓުތަކުން ހާމަވުމާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ބަޔަކު ވައްކަންވެސް އަދި މިލިއަނުން ކައިވެސް ދާނެ ކަމަށެވެ. ނަމަވެސް ބަޔަކު މީހުން މަރުވެގެންދާ ދަނޑިވަޅެއް ބަލާއި، އެމީހުން ސަލާމަތް ކުރަން ބޭނުންވާ މެޝިނަރީ އިން ވައްކަން ކުރުމަށް ވުރެ ވަކި ހުތުރު އަމަލެއް އަޅުގަނޑަކަށް ނުވިސްނޭ މީކާއިލް ވިދާލުވިއެވެ.
މީކާއިލް އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އަމީން އެ ހުންނެވީ ރައްޔިތުންނަށް އިތުބާރުދީ ވައްކަން ކުރައްވާފައި ކަމަށާއި އަދި ދައުލަތުގެ މާލިއްޔަތުން ވެސް ވައްކަން ކުަރައްވާފައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެ ހުންނެވީ މިއަދު ދެ ވައްކަން ކުރައްވައިގެން ކަމަށާއި މިހާރުން މިހާރަނަށް ހެލްތު މިނިސްޓަރު އަމީން އެ މަގާމުން ވަކިކުރައްވަން މީކާއިލް ގޮވާލައްވާފައި ވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރެފައިވާ ރިޕޯރޓުގައި ވާގޮތުން އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަންވަނީ ފާހަގަކޮށްފައެވެ.
ހެލްތު މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ގިނަބަޔު އަންނަނީ މިނިސްޓަރު އަމީން އަށް ފާޑު ކިޔަމުންނެވެ.