ރައީސް ޞޯލިޙުގެ ބޯހިޔާވެހިކަމުގެ ވަޢުދު ފެއިލް ވެފައިވާ ކަމަށް ކުރީގެ އެކޮނަމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ނައިބު ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ ރައީސް ޞޯލިހުގެ ބޯހިޔާވެހިކަމުގެ ވަޢުދު ފެއިލް ވެއްޖެ ކަމަށާއި 2023 ވަނަ އަހަރު ނިމޭއިރުވެސް އަލަށް އެއްވެސް މަޝްރޫޢެއް ކުރިޔަށް ގެންގޮސް ނިންމޭނެ ކަމުގެ ޤާބިލުކަން މި ސަރުކާރުގައި ނެތް ކަމަށެވެ.
މާލޭ ޝަރަހައްދުގައި ކުރިޔަށް ދަނީ 13000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށް ބުނެ ވަގުތު އޮންލައިންގައި ލިޔެފައިވާ ރިޕޯޓެއް ޓްވީޓް ކުރައްވަމުން ސައީދު ވިދާޅުވީ ރައީސް ޞޯލިޙަށް ވެރިކަން ލިބުނީންސުރެއް ހައުސިންގ މިނިސްޓްރީން އެކުލަވާލަމުން ދިޔަ ރިޕޯޓުތަކުންވެސް ހާމަވެގެން ގޮއްސައިވަނީ ރައީސް ޔާމީން ފައްޓަވައި ކުރިޔަށް ގެންދެވި ބޯހިޔާވެހިކަމުގެ މުހިންމު ކަމާއި ބޭނުންތެރިކަން ކަމަށެވެ.
2. 2vana ah haamavee R.Solih ge boahiyaa vahi kamuge vaudhu fail vejje kamaai, 2023 nimeyiruves, alah evves mashroou eh kuriah gengos nimmeyne kamuge gaabil kan sarukaaru ge neiykan
— Mohamed Saeed (@em_saeed) August 17, 2020
އިޖްތިމާޢީ ބޯހިޔާވެހިކަމުގެ ނަން ބަދަލުކޮށް ރައްޔިތުންގެ ވިސްނުން ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބޭނުމަކީ ހިޔާ މަސްރޫޢު ފަނޑުކޮއްލުން ކަމަށް ސައީދު ވިދާޅުވިއެވެ.
މިކަންކަން ބަލައި ނުގަންނަ ކަމަށާއި ހައްޤުވެރިންނަށް ފުލެޓުތައް ހަވާލުކުރުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.
3. 3vana kamakah faahaga vee, “ijuthimaaee boahiyaa vahikamuge” nan badhalukoh rayyithunge visnun badhalukuran sarukaaru masakkaiy kuraakan. Beynumakee hiyaa mashroou fandu kollun. Mi’ee balaiganeveyne kameh noon. Haggu verinnaai flat thah havaalu kuravvaa @MoHUDmv
— Mohamed Saeed (@em_saeed) August 17, 2020
މިއަދު ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި 13،070 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން 6،720 ޔުނިޓަކީ ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތައް ކަމަށެވެ.
މާލެ ސަރަހައްދުގައި 17،000 އަށް ވުރެ ގިނަ އާއިލާ އުޅެމުން ދަނީ އެކަށީގެން ނުވާ ޖާގަތަކުގައި ކަމަށްވެސް މިއަދު ރައްޔޮތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވިއެވެ.




