ކުނި ޖަމާކުރާ ރަށަކަށް ހދ. ކުނބުރުދޫ ހަދަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ވިދާޅުވީ ކުނި ޖަމާކުރުމަށް އުތުރުގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަން ހދ. ކުނބުރުދޫގައި ގާއިމު ކުރަން ނިންމާފައިވާ ކަަމަށެވެ.
އަދި ޕްލާސްޓިކަކީ ވަރށް ބޮޑު މައްސަލައެއް ކަމަށާއި، ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމުގެ ޤައުމީ މަސައްކަތް މިއަހަރު ފައްޓަވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެންވަޔަރަމެންޓް މިނިސްޓަރު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ނި ޖަމާކުރާ ޓްރާންސްފަރ ސްޓޭޝަން ކުނބުރުދޫ ގާއިމު ކުރުމުން އެ ސަރަޙައްދުގެ ރަށްރަށުން ކުނި، ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަނަށް އަވަހަށް ޖަމާކުރެވި، ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ހިނގާނެ ކަމަށްށެވެ.



