އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ތ. ވިލިފުއްޓަށް ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް، ނަގަންޖެހޭ ހުއްދަތައް ނުނަގާ މާލެއިން ތ. ވިލިފުއްޓަށް ދިޔަ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މާލެއިން ތ. ވިލިފުއްޓަށް ގަވާއިދާ ހިލާފަށް ދިޔުމާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުުހުން ވިދާޅުވިއެވެ.



