މިނިސްޓަރު ޝާހިދަށް ފުރިހަމައަށް އިތުބާރުކުރަން: ރައީސް ނަޝީދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަށް ފުރިހަމައަށް އިތުބާރުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އެމަނިކުފާނު ފުރިހަމައަށް އިތުބާރުކުރައްވާކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފައްޓަވާފައިވަނިކޮށެވެ. ޝާހިދުގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވެއްދުމަށް ޖާބިރުވަނީ މަސައްކަތްޕުޅު ފައްޓަވާފައެވެ.

އެގޮތުން ފޮރިން ސަރވިސް ފެއިލްވާކަމަށް ވިދާޅުވެ، ޖާބިރު ވިދާޅުވީ، ރާއްޖެ އަށް މަންފާ ހޯދާ ދިނުމަށް މިނިސްޓަރ ޝާހިދު އަށް މަސައްކަތް ނުކުރެވޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ޝާހިދު ވަޒީރުކަމަށް ވަޑައިގެންނެވީ ބޮލުގެ ބޭނުން ކުރައްވައިގެން ކަމަށެވެ. އަދި ޝާހިދު ނޫން އެހެން މީހުންވެސް ކަންކަމާއި ވިސްނާނެ ކަން އެނގެންވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވަނީ މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނުމަށްވެސް ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ޚާރިޖީ ދާއިރާއިން ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އޭނާ މިސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންފަހުން ރާއްޖެއިން ބޭރުގެ އެތައް ޤައުމަކާ މުޅިން އަލަށް ރާއްޖެއާ ގުޅުން ބަދަހިކުރައްވައި އެޤައުމުގެ އެހީތެރިކަން ރާއްޖެއަށް ހޯއްދަވައިދެއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ