ހޯމަ ދަވަހުގެ ކުރިން ޔާމީން މިނިވަން ނުކޮށްފިނަމަ ހޯމް މިނިސްޓަރ ޝައިޙް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އިން ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަލުގައި ތިބި ގައިދީންނާ އެއް ހަމަޔަކުން ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއިމެދު އަމަލުކުރަން ޖެހޭ އިރު، ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ބެހެއްޓުމުން ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ވަނީ ގެއްލިފައި ކަމަށެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތައް ވިނިވަން ކުރެއްވުމަށާއި މިނިވަން ނުކުރައްވާ ނަމަ ހޯމަ ދުވަހު ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގައި ޑީއާރުޕީ އިން ވިދާޅުވިއެވެ. އަދި އޭގެ ކުރިން މަޝްވަރާ ކުރެއްވުމަށް ތައްޔާރު ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ވިދާލުވެފައިވަނީ ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމާއި، އަދި އެމީހަކު އިޚްތިޔާރު ކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުޞަތު ލިބުމަކީ ޤާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށްވެސް ލިބިދޭ ޙައްޤެއްކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ ވަކީލުންނާއި ބައްދަލު ކުރުމުން މަހްރޫމް ކުރެވިފައި ކަމަށާއި ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމަށް މާފުއްޓަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން 17 އޮގަސްޓް ގައި ދިޔަ ނަމަވެސް، އެރަށަށް ނޭރިގެން އަނބުރާ މާލެ އަންނަން ޖެހުނެވެ. ސަބަބަކީ މާފުށީ ޕޮލޮސް ސްޓޭޝަނުގެ ފަރާތުން ގުޅާއި ކައުންސިލުގެ ހުއްދަ ނެތި މާފުއްޓަށް އެރުމަށް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މަސްލަހަތަށްޓަކައި ހުއްދަ ހޯދައިގެން އައުމަށް އެދިފައިވާތީއެވެ.
ރައީސް ޔާމީންގެ އާއިލާ އިން 18 އޮގަސްޓް ގައި ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކުން ރައީސް ޔާމީން މަހްރޫމް ކޮށްގެން އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށާ އެމަނިކުފާނަށް، އެމަނިކުފާނުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހާ މުއަސަސާ ތަކަށް ގޮވާލާ ކަމަށާއި އަދި ޔާމީނާ މެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް އިމްރާން އަށް ގޮވާލާކަމަށާއި ތަކުރާރުކޮށް ރައީސް ޔާމީނާ މެދު އަނިޔާވެރިވެ އެމަނިކުފާނަށް ކަށަވަރުކޮށްދިފައިވާ އަސާސީ ހައްގުތަކުން އެމަނިކުފާނު މަހްރޫމުކޮށް އެމަނިކުފާނާ މެދު ދޮގު ބުހުތާނު ވާހަކަތައް ދައްކަމުންދާތީ އެކަމުގައި އާއިލާއަށް ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގައިދަންނަވާ ކަމުގައެވެ.
2 Responses
ތިދެއްކެވީތެދުވާހަކަ
Kobaatha heyo sarukaarun vagahnegi faisaathah. Evaahaka thah nudhakkanee keeve.