ދަރިފުޅަށް ހަދިޔާއަކަށް ދިން ގަހެއްގެ ފަތަކުން މަހުލޫފުގެ ލޮލަށް ގެއްލުން ވެއްޖެ

ދަރިފުޅު ހަދިޔާއަކަށް ދިން ގަހެއްގެ ފަތަކުން ޖެހި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ލޮލަށް ގެއްލުން ވެއްޖެއެވެ.

ޔޫތު މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ދަރިފުޅު ފުވައްމުލަކުން އައުމުން ސަޕްރައިސް އެއް ދިނުމަށް ގަސްތެއް ގެނެސް ގޭގައި އަތުރަން އުޅުމުގެ ތެރޭގައި ތޫނު ފަތަކުން ޖެހި ލޯ ހަލާކުވެފައަިވާ ކަމުގައެވެ.

މަހްލޫފަށް މިއަދު ލިބުނު ފިލާވަޅަކީ އެހެން މީހުން ގަސް ހެއްދިޔަސް، ގަސް ހެއްދުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ މި ދުވަސްވަރަކީ ގިނަ ބަަޔަކު ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރަކަށް ވުމާއި އެކު ގިނަ މީހުން އުޅެނީ ވަރަށް ފޫހި ވެގެންނެވެ. އެހެންކަމުން އެކި މީހުން ފޫހި ފިލުވުމަށް އެކި ކަންތައްތައް ކުރަމުން ދެއެވެ. އެގޮތުން ކުރެހުމާއި ގޭމް ކުޅުމާއި ވާހަކަ ކިޔުމާއި ފިލްމް ބެލުން އަދި ގަސް ހެއްދުމަކީ ބައެއް މީހުން ކުރަމުންއަންނަ ކަންކަމެވެ.

މިލިޔުން ކިޔާލުމުން
132
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ