ފޮޓޯ: އަދިވެސް

ލަވަކިޔުންތެރިޔާ ޝަލަބީ އާއި ޝިފާ ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑޮލްގައި މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހިމް އާއި އައިޑޮލްގެ ފުރަތަމަ ސީޒަންގައި ބައިވެރިވި ޝިފާ އިބްރާހިމް ކައިވެނިކޮށްފި އެވެ.

ޝަލަބީ އާއި ޝިފާ ކައިވެނި ކުރީ މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. ސަގާފީ ދިވެހި ރަތް ލިބާހުގައި ޝިފާ ހުރި އިރު ޝަލަބީ ވެސް ހުރީ ގައުމީ ހެދުމެއްގަ އެވެ. ކައިވެނީގެ ރަނަށް ޝިފާ ކިޔާފައި ވަނީ 1234.56 ރުފިޔާ އެވެ. ރަންވެސް ތައްޔާރު ކޮށްފައި ވަނީ ދިވެހިވަންތަ ގޮތަކަށެވެ.

އެ ދެ މީހުން ކައިވެނި ކުރުމަށްފަހު ހެކިވެރިންނާއި އާއިލާގެ މީހުންނާއި އެކު ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވީ، އާއިލާ މީހުންނާއި މަދު ރަހުމަތްތެރިންކޮޅެކެވެ.

ފޮޓޯ: އަދިވެސް

ޝަލަބީގެ ލޯބިވެރިޔާ ޝިފާއަށް މޯލްޑިވިއަން އައިޑޮލްގައި ޝަލަބީއަށް ލިބުނުވަރުގެ މަގްބޫލްކަމެއް ނުލިބުނު ނަމަވެސް، އޭނާގެ ލަވަތަކަށް ވެސް ސަމާލުކަން ލިބިފައި ވެއެވެ. ރާއްޖޭގައި ތިބި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އަމިއްލަ އަށް ކުރިއަރަން މަސައްކަތްކޮށް، ލަވަކިޔުމުގެ ދާއިރާގައި ފައިހަމަކޮށްލި ފަންނާނަކަށް ޝިފާ ވާނެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ