ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ބަޔާން މިއުނިކްގެ ކުރިއަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީ ހުރިހާ ކުޅުންތެރިންނަށް މުހިންމު މެސެޖެއް ދީފިއެވެ.
ލެވެންޑޯސްކީއަކީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިސީޒަންގައި ކުޅުނު 10 މެޗުން 15 ލަނޑު އޭނާވަނީ ކާމިޔާބުކޮށްފައެވެ. 10 ލަނޑާއެކު މިލިސްޓްގެ ދެވަނާގައި ޑޯޓުމުންޑުގެ ޒުވާން ހާލަންޑް އުޅޭއިރު، ތިންވަނާގައި އޮތް ގްނާބްރީވަނީ މިމުބާރާތުގައި ބަޔާނަށް 9 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެހެންނަމަވެސް 17 ލަނޑުޖަހައި 2013-14 ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއަލްމެޑްރިޑުގައި ހަދާފައިވާ ޗެމްޕިއަންސް ލީގުގެ އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ލެވެންޑޯސްކީއަށްވަނީ ހަމަކުރެވޭގޮތް ނުވެފައެވެ.
އެގޮތުން އިންސްޓަގްރާމް މެދުވެރިކޮށް ލެވެންޑޯސްކީ ބުނެފައިވަނީ، ހުވަފެންތައް ދެކުން ހުއްޓާ ނުލުމަށާއި، ނާކާމިޔާބުވީނަމަވެސް އުންމީދު ކަނޑާނުލައި ކުރިއަށް ދިއުމަށެވެ.
އަދި ބޭނުންވާ މަންޒިލަށް ދިއުމަށް އަބަދުވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ސަޕޯޓަރުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާކުރާކަމަށްވެސް ލެވެންޑޯސްކީ ބުންޏެވެ.
⭐️ 2020
⭐️ 2013
⭐️ 2001
⭐️ 1976
⭐️ 1975
⭐️ 1974#UCLfinal pic.twitter.com/AFT5o6P2Or— #UCLfinal (@ChampionsLeague) August 23, 2020
މިއީ ލެވެންޑޯސްކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން 2012-13 ސީޒަންގައި ޑޯޓުމުންޑާއެކު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް އެފަހަރު ލެވެންޑޯސްކީގެ ހުވަފެންތަކުގެ ހުރަހަކަށްވީ ބަޔާން މިއުނިކެވެ. އެސީޒަންގެ ފައިނަލްގައި ޑޯޓުމުންޑު ބަޔާން އަތުން ދަށްވީ 2-1 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު ފައިނަލް މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕީއެސްޖީއަށް ކުރިން ކުޅުނު ކިންގްސްލޭ ކޯމަންއެވެ. ޖޯޝުއާ ކިމިޗް ނަގައިިދިން ހުރަހަކުން ކުރިން ކޯމަން މިލަނޑު ޖަހާފައިވަނީ ބޮލުންނެވެ. މި ލަނޑަކީ ބަޔާން އިން ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 500 ވަނަ ލަނޑެވެ.
ނޯޔާގެ މޮޅު ކުޅުމާއެކު ބަޔާން ހަވަނަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް




