2008 ވަނަ އަހަރުގެ ރިޔާސީ ވޯޓު އޮޅުވާނުލެވުނީ ކީއްވެތޯ މައުމޫން އެއްސެވުމުން ދިޔާނާ ރައްދު ދެއްވައިފި

2008 ވަނަ އަހަރުގެ ރިޔާސީ ވޯޓު އޮޅުވާނުލެވުނީ ކީއްވެތޯ މައުމޫން އެއްސެވުމުން ކުރީގެ ބަންޑާރަ ނައިބު އަދި ޤާނޫނީ ވަކީލު ދިޔާނާ ސައީދު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް މައުމޫން ވަނީ 2007 ވަނަ އަހަރުގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ވޯޓު އޮޅުވާލާފައި ކަމަށާއި ރައީސް މައުމޫނަށް މުޅި ހަޔާތުގައި ވެސް ވަގު ނުޖެހުނީ 2008 ގެ ވޯޓްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، ރައީސް ނަޝީދަށް ރައްދު ދެއްވަމުން މަޢުމޫން ކުރައްވާފައިވަނީ ސުވާލެކެވެ.

މައުމޫން ވިދާޅުވީ ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށެވެ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލިއިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ. އަދި ބުއްދި ގަބޫލު ކުރާ ޖަވާބެއް ދެއްވުމަށް މައުމޫން ވަނީ އެދިލައްވާފައެވެ.

މައުމޫންގެ މި ޓްވީޓަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާ ނުލެވުނީ އެ އިންތިޚާބު ބޭއްވުނީ އައު ޤާނޫނު އަސާސީގެ ދަށުން ކަމަށްވެފައި ޤާނޫނު އަސާސީގައި ކޮންމެ ވޯޓެއްލާ ސައިޓެއްގައި ވަގުތުން ވޯޓު ފޮށި ކަނޑާ ވޯޓު ގުނަން ޖެހޭނެ ކަމަށް ބަޔާންކޮށް އެތަކެއް ސޭފްގާޑްސް އެއް ލާފައިވާތީ ކަމަށެވެ.

"މާޒީގައި ކަންތައް ކުރެވުނު ގޮތަށް މާލޭގައި ޤާއިމްކުރެވޭ ސެންޓްރަލް ސައިޓަކަށް ވޯޓު ފޮށި އުފުލާ އެދެމެދުން ގަޑުބަޑު ކުރުމުގެ ފުރުޞަތު ބަނަދުކޮށްފައިވާތީ އަދި އާ ޤާނޫނު އަސާސީ ގައި އެނޫނަސް އެތަކެއް ސޭފްގާޑްސް ލައި، އެދޮރުތައް ބަންދުކޮށްފައި ވާތީ" ރައީސް ނަޝީދު ވެރިކަމުގެ ފުރަތަމަ ބަންޑާރަނައިބުކަން ކުރެއްވި ދިޔާނާ ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ކަމަށްވާ ދިޔާނާ ސައީދު މިހާރު ސިޔާސީ ދާއިރާއިން ނުފެނުނު ކަމުގައިވިޔަސް މަދުމަދުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާއި ބެހޭގޮތުން ޓްވީޓުކޮށް ހިޔާލު ފާޅުކޮށް ހަދައެވެ.

މިލިޔުން ކިޔާލުމުން
632112
ގުޅުންހުރި ލިޔުންތައް

5 Responses

  1. ބުއްޅަބޭ

    ރ. މައުމޫނީ ސުވާލު އަމާޒުކުރައްވަފވަނީ މުޅިން އެހެން ކަމަކަށް. ދިޔާނާގެ ވިސްނުމުގެ ކޮށިކަމަކށް ބެލެވެނީ. އެސުވާލާކި ރިޔާސީނިޒާމުގައި ވޯޓު އޮޅުވާލައޭ، ބަރުލަމާނީގައި ނޯޅުވޭނޭ ބުއްޅަބޭ ބުނީމަ 2008 ގަވެސް އޮތީ ރިޔާސީ ނިޒާމަށްވެފަ ވޯޓް އޮޅޮވާނުލެވުނީމާ އެސުވާލު ކުރެއްވީ. ރިޔިސާނިޒާމުގަ ވޯޓްއޮޅުވޭނެޔޭ ބުއްޅަބޭބުނިމާ ބުއްދިގަބޫލުކުރާ ވާހަކަ ދައްކަންބުނި އެސަބަބަށް

  2. Jugg

    30 years now finished . Now you guys are on the verikan, is it a thaahiru verikan

  3. Jaaސޭކު

    ޖާބިރު ބޮއިގެން އަވަދިވެގެން ގައުމުގަ އެނބުރެނީ.. ދިޔާނާ ސޭފްގާޑް ޖަހައިގެން އަތްތިލަބަޑި ޖަހަނީ ޖާބިރައް ދޮންކަޅުވެސް ނޭނގޭ.

    • Huth

      He is our entertainer

  4. އަންބަރާ

    ކަމަނާ ތިޔަ އުޅުއްވަނީ ވެސް ސޭފު ގާޑަކާ އެކީ ނޫންތޯ!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ