ހެންވޭރު ބޮޑު ހުޅުގައި ޙާލުގައި ޖެހުނު ޢާއިލާތަކަށް އިތުރު 3 މަސްދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ނިންމައިފިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ، ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއޮތޯރިޓީއިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވިކަމުގައި ވީނަމަވެސް މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް މިހާރު އިތުރުކޮށްދެއްވާފައިވާކަމަށެވެ.
ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިއޮތޯރިޓީއިން ވަގުތީހިޔާ ފޯރުކޮށް ދެމުން ގެންދާ އާއިލާތަކަށް ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވިކަމުގައި ވީޔަސް، މިހާރުގެ ހާލަތަށް ބަލައި އެމުއްދަތު ސަރުކާރުން އިތުރު ތިން މަސްދުވަހަށް މިހާރު ވަނީ އިތުރުކޮށްދެއްވާފައި
— NDMA Maldives (@NDMAmv) August 27, 2020
ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން އާއިލާތަކުގެ ދާއިމީ ބާހިޔާވަހިކަމެއް ހޮދުމަށް އެންޑީއެމްއޭއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ބައެއް ގޭބިސީތަކުގެ ޢާއިލާތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. އަދި އަށްލައްކައާއި ތިންލައްކައާއި ދެމެދުގެ ޢަދަދުތަކުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
2019 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ އިރާކޮޅު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 31 ގޭބީސީގެ މީހުންނަށް ގެއްލުންވެފައިވާއިރު، ހަ އިމާރާތެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ. އަދި އެހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ.
ހ. ތިލަފަރުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
								
											


														
														
														
														
														
														