އަލިފާނުގެ ހާދިސާ އަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ހުސައިން ޝަހީމް މިހެން ވިދާޅުވެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ޖެހިގެން ހުރި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެންނެވެ. ފުރަތަމަ އަލިފާން ރޯވެފައި ވަނީ އެ އިމާރާތާއި އާއި ޖެހިގެން ހުރި "ކެފޭ ޓިއޯލޯ" ގައެވެ. ފުރަތަމަ އަލިފާން ރޯވި ކެފޭގެ އަލިފާންގަނޑު އަލިފާންގަނޑު ނިއްވާލިއިރު، ކެފޭގެ މަތީ ފްލޯ އާއި ތިރީ ފްލޯ އެއްކޮށްވަނި އަނދާ ހުލިވެފައެވެ.
މިކަމާއި ގުޅިގެން އަނދުން ހުސައިން ވިދާޅުވީ މާލޭގައި ހިންގި އަލިފާނުގެ ބޮޑު ހާދިސާ އަކީ އެކްސިޑެންޓް އަކަށް ވުރެ ބޮޑަށް އިންޑިއާ އާއި މެދު ނަފްރަތު އުފެއްދުމަށް ކޮށްފައިވާ ކަމަކަށް ވެދާނެ ކަމަށެވެ. އަދި އެސްބީއައި ގައި ރޯވެ އަނދަމުން ދާކަމީ ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށެވެ.
އަލިފާނުގެ މި ހާދިސާގެ އަޑީގައިވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނެވުމަށް ފުލުހުންގެ ކިބައިން ޝަހީމް އެދިފައި ވެއެވެ.




