އަދުރޭ ރައީސްއަށް: ދަޢުލަތުގެ ޚަޒާނާ ދޮވެލީ ގައުމަށް ހެޔޮއެދިގެންތޯ؟

ދިވެހި ރާއްޖޭގެ ދަޢުލަތުގެ ޚަޒާނާ ދޮވެލީ ގައުމަށް ހެޔޮއެދިގެންތޯ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ސުވާލު ކުރައްވައިފި އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންނަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު މުޒާހަރާ ނުކުރާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.

އިއްޔެ ބޭއްވި އެއްވުންތަކަށް ނިސްބަތް ކުރައްވާ ރައީސް ޞާ؛ލިޙް ވިދާޅުވީ އެކަމާ ވަރަށް ހިތާމަ ކުރާކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކް ވެސް ނާޅުއްވައި ރައްޔިތުންގެ އެތައް ބައެއް އެއްތަނަކަށް އެއްކޮށް މިފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

މިއީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށާއި ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި މިއީ ހުރިހާ ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަމެއްކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީ 2012 މިޅި ގައުމުގައި ހުޅު ޖެހީ ގައުމަށް ހެޔޮ އެދިގެންތޯ އާއި ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވަމުން ދުވީ ވެސް ގައުމަށް ހެޔޮ އެދިގެންތޯ އެވެ. ދިވެހި ރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާ، ބޭރުގެ ބާރުތަކުން އަރާ ރާއްޖެ ހިފަން ގޮވަ،މުން ދިޔައީ ވެސް ގައުމަށް ހެޔޮ އެދިގެންތޯ ސުވަލު ކުރައްވާފައި ވެއެވެ. އަދި ދަޢުލަތުގެ ޚަޒާނާ ދޮވެލީ ގައުމަށް ހެޔޮއެދިގެންތޯ ސުވާލު ކުރެއްވި އެވެ.

އިއްޔެ ބެއްވި އިޙުތިޖާޖާއި ބެހޭގޮތުން ވަހަކަ ދައްކަވަމުން އިދިކޮޅުން ވިދާޅުވީ ޒުވާނުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރިކަމަށާއި ގިނަ ޒުވާނުން މިއަދު މިވަނީ ކުރާނެކަމެއް ނެތި މަގުމަތިވެފައިކަމަށެވެ. ކޮވިޑް-19 ގެ މިހާލަތުގައި އެތައް ޒުވާނުންގެ ވަޒީފާތައްގެއްލި ނޯޕޭގައި ގެޔަށް ފޮނުވާލާފައިވުމުން ދެތައް އުރާލައިގެން ތިބެވެން ނެތްކަމަށް އިދިކޮޅުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ