ތިނަދޫއިން ޕޮޒިޓިވްވި މީހާ މުޒާހަރާގައި ބައިވެރިވެފައެއްނުވޭ: އިދިކޮޅު

ގދ. ތިނަދޫއިން މިއަދު ޕޮޒިޓިވް ވި މީހާ، އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މުޒާހަރާގައި ބައިވެރި ނުވާކަމަށް އެކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ޕީޕީއެމް އިން މިފަދައިން ބުނެފައި މިވަނީ ތިނަދޫ އިން ފައްސިވި މީހާ އަކީ އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އިހުތިޖާޖުގައި ބައިވެރިވި މީހެއް ކަމަށް ބުނެ ބައެއް މީޑިއާތަކުގައި އެކަން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ތިނަދޫއިން ޕޮޒިޓިވްވި ފަރާތަކީ އިއްޔެގެ މުޒާހަރާގައި ބައިވެރިވެފައިވާ ފަރާތެއްނޫންކަން ތިނަދޫ ޓީމުން މަޢުލޫމާތު ދީފައިވާކަމަށާއި، ތިނަދޫގެ އިހުތިޖާޖުވެސް ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ގައިދުރުކޮށްގެން މާސްކު އަޅައިގެންކަމަށެވެ.

ތިނަދޫ ހޮސްޕިޓަލްގެ އޮފިޝަލަކާއި ޙަވާލާދީ "ވަގުތު" ނޫހުގައި ބުނެފައިވަނީ ޕޮޒިޓިވްވެފައިވަނީ އެރަށު ބޯޓެއްގައި މަސައްކަތް ކުރާ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ބޯޓަކީ މައުލޫމާތު ލިބޭ ގޮތުން ނަމަ މީގެ 4 ވަރަކަށް ދުވަސް ކުރިން ވެރިރަށް މާލެއިން ފުރައިގެން އެރަށަށް އައިސްފައިވާ ބޯޓެއް ކަމަށެވެ.

ހީނާ މިފަދައިން ވިދާޅުވިއިރު ޕޮޒިޓިވްވި މީހާގެ އާއިލާއިންވެސް ވަނީ އޭނާ މުޒާހަރާގައި ބައިވެރި ނުވާކަން ކަށަވަރު ކޮށްދީފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން އެއާއިލާގެ އަގު ވައްޓައިލުމަށް ފަތުރާ ވާހަކަތައް ވަނީ އާއިލާއިން ކުށްވެރިކޮށްފަ އެވެ.

އިދިކޮޅު މުޒާހަރާތަކުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި ޚިލާފުވެފައިވާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު އެމައްސަލަތައް ބަލާ ފިޔަވަޅުވެސް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުއްޓާއި ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ