ވަޙީދާއި ޝުޖާޢު ފުލުހަށް ހާޒިރުކުރަނީ އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފު ވެގެނެއް ނޫން: އިދިކޮޅު ކޯލިޝަން

ޕްރެގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އާއި ޕީ.އެންސީގެ ނާއިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ އެއްވެސް ޙާލެއްގައި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްގެން ކަމަށް ނޫންކަމަށް އިދިކޮޅު ޕްރޮގްރެޝިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރެގްރެސިވް ކޯލިޝަން އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެފަދަ ޢަމަލުތަކަކީ، ސަރުކާރު ފެއިލްވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާމެދު އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިފާޅުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ހަޖަމު ނުވާތީ ކުރަމުން ގެންދާ ކަންކަމަށެވެ.

މިއީ ކަނޑައެޅިގެން ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެއް ކަމުގައި ރައްޔިތުންވެސް ސަރުކާރު ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގަތުމާއި، އަދި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އިސްތިޢުފާ ދިނުމާއި ގުޅިގެން، މިއަދު ވެރިކަމުގައި ތިބި ބައެއްގެ ނުރުހުން އެންމެ ބޮޑަށް އޮތް ކުރީގެ ރައީސަށް އަމާޒުކޮށް، ސަޕޯޓަރުންގެ ރުހުން ސަރުކާރަށް އިތުރުކުރުމަށް ހިންގާ ސިޔާސީ ހަރަކާތެއްވެސް ކަމަށްވެސް އިދިކޮޅު ޕްރެގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދުގެ ސަރުކާރަށް ކޮވިޑް މެނޭޖް ނުކުރެވި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލި، ސަރުކާރު ފެއިލްވުމާއި އެކު، ކޮންމެ ގޮތަކުންވެސް ވެރިކަން ދަމަހައްޓާ އެކްޓިވިސްޓުންގެ ރުހުން ހޯދުމަށްޓަކައި ހުދުމުޚުތާރުކަމާއެކު ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓާލުމަށް ޕްރެގްރެސިވް ކޯލިޝަން އިން ވަނީ ގޮވާލައިފައެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ ކަންންކަން، ބިރު ދެއްކުމުގެ ގޮތުން ފުލުހުން މެދުވެރިކޮށް ކުރަމުން ގެންދާ ކަންކަމުގެ ސަބަބުން ހުއްޓުވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި ރައީސް ޞާލިޙުގެ އަނިޔާވެރިކަމާއި، ދައުލަތުން ކުރަމުން ގެންދާ ވައްކަމާއި ކޮރަޕްޝަނާއި، ޤައުމު އެހެން ބައެއްގެ އަތްމައްޗަށް ފުރޮޅާލުމަށް ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނެކަމަށާއި، ވާދަވެރި ލީޑަރުން ޖަލަށްލިޔަސް، އާޖީލުގެ ލީޑަރުން ނުކުމެގެން ވިޔަސް މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ