ފުލުހުން އާންމުކުރި ވީޑިއޯގައި ހޯދަން ބޭނުންވާ މީހާ

ތަޙުޤީޤަކަށް ބޭނުންވާ މީހަކު ހޯދަން ފުލުހުން ވީޑިއޯ އެއް އާންމުކޮށްފި

ފުލުހުންގެ ތަޙްޤީޤަކަށް ބޭނުންވާ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އެއް އާންމު ކޮށްފި އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވަނީ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޓް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހިއްޞާކޮށްފައިވާ ވީޑިއޯގައި ފެންނަ މީހާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ވަނީ އެ ވީޑިއޯގައި ފެންނަ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް އިނގޭ ފަރާތެއްވާނަމަ ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޓް ޑިޕާޓްމަންޓުގެ ނަންބަރު 9631696 ނުވަތަ 3322111 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު 462315 ވިދާޅުވެ މަޢުލޫމާތު ހިއްޞާ ކުރެއްވުމަށް އެދިލައްވާފަ އެވެ.

ވީޑިއޯ އިން ފެންނަނީ މީހަކު ގެއެއްގެ ތެރެއަށް ވަދެ، އެގޭގައި ހުރި ސައިކަލަކުން އެއްޗެއް ނަގައި ނިކުމެގެން ދާ މަންޒަރެވެ. ފުލުހުން ހޯދަމުންދަނީ ޒުވާން ފިރިހެން ކުއްޖެކެވެ.

ފުލުހުންގެ ތަހުޤީޤު ތަކަށް ބޭނުންވާ މީހުން ހޯދުމަށް ކުރިންވެސް ގެންދަވަނީ ފޮޓޯ އާއި ވީޑިއޯ އާންމު ކުރަމުންނެވެ. މިއީ ފުލުހުންގެ ތަހުޤީޤުތައް އަވަސްވެގެންދާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ