މައްސަރު ތަދު ތަޖުރިބާ ކުރައްވާ ބޭފުޅުން އެމްޑީޕީ ޕީޖީގައި ބޮޑުތަނުން މަދު: ދިޔާނާ

މައްސަރު ތަދު ތަޖުރިބާ ކުރައްވާ ބޭފުޅުން އެމްޑީޕީ ޕީޖީގައި ބޮޑުތަނުން މަދު ކަމަށް ރައީސް ނަޝީދު ސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ހައިޟު ވުމާއި ގުޅިގެން ޚާއްސަ ޗުއްޓީއެއް ދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ހުށައަޅި އިސްލާހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ފާސްވެފައި ނުވާއިރު ސިރާޖު ވަނީ އެ ބިލު އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ތިޔައީ މައްސަރު ތަދު ތަޖުރިބާ ކުރައްވާ ބޭފުޅުން ތިޔަ ތަނުގައި މާބޮޑުތަނުންވެސް މަދުވީމަ ވީގޮތެއް" ކަމަށެވެ.

މުޖުތަމަޢުގެ ބޮޑުބައެއް ތަޖުރިބާ ކުރާ ވޭނަކަށް ޤާނޫނުން ފަރުވާ ހޯދައިނުދެވުމަކީ ދެރަކަމެއް ކަމަށް ދިޔާނާ ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މޫސާ ސިރާޖު ހުށައެޅުއްވި އިސްލާހުގައި ވަނީ ސަމާލުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު މުސާރަ ލިބޭ ގޮތަށް، ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ލިބޭ ސަލާމުގެ ޗުއްޓީގެ އިތުރުން 1 ދުވަހުގެ ޗުއްޓީއެއް ދޭންވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ