އިންޑިއާ ސަރުކާރުގެ ވިސްނުން ދިވެހިންނާއި ދޭތެރޭ ގޯސް: ޝިޔާމް

އިންޑިއާ ސަރުކާރުގެ ވިސްނުން ދިވެހިންނާއި ދޭތެރޭ ގޯސް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފުލުހަށް ހާޒިރު ކުރުމުން ފުލުސް އޮފީހުން ނިކުމެވަޑައިގެން މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ އިންޑިއާގެ މިއަދުގެ މޯދީގެ ސަރުކާރުގެ ވިސްނުން ދިވެހިންނާއި ދޭތެރޭ ތަފާތު ކަމަށާއި ދިވެހިރާއްޖެ އާއި ދޭތެރޭ ގޯސް ކަމަށެވެ.

މިއަދު ރައްޔިތުންގެ ބޮލުގައި ދަރަނިތައް އަޅުވާލާފައި މި ޤައުމު ވިއްކާލުމަށް ރައީސް ޞޯލިޙް މަސައްކަތް ކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހި ލޭ ހިނގާ ދަރިއަކަށް މިއަދު އިޙްސާސްއެއް ނުކުރެވޭނެ، ތިމަންނަމެންނަކީ މީ މިނިވަން ޤައުމެކޭ. ތިމަންނަ މެންނަކީ މީ މިނިވަން ބައެކޭ، ގައުމުގައި މިއަދު ކަންތައް ވަމުންދާ ގޮތުން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޖެޓީ މަރާމާތު ކުރަން އިންޑިއާ ސަރުކާރުން އައީމާ ގައުމުގެ ހާލަތު އޮތް ހިސާބު އިނގޭ ކަމަށާއި މިއީ އެއްވެސް ސަރުކާރަކުން ކުރި ކަންތައްތައް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އާދައިގެ ކުދިކުދި ޖެޓީތައް މަރާމާތު ކުރަން، ކުދިކުދި ޕާކުތައް މަރާމާތު ކުރަން އިންޑިއާ ސަރުކާރުން އަޢުމުން ގައުމުގެ ހާލަތު ސާފުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ