ގދ. ތިނަދޫ

ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއީ ގދ. ތިނަދޫން މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ. މިއީ 29 އޮގަސްޓް 2019 ގައި ތިނަދޫން ޕްޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެކެވެ. ތިނަދޫން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 2 މިހުންނަކީ "ދެރަހަ" ބޯޓުގެ ފަޅުވެރިންނެވެ.

ތިނަދޫން އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ އިރު މި މީހާ މިހާރު ހުރީ "ދެރަހަ" ބޯޓުގައި ކަރަންޓީނުގައި ކަމަށާއި މި މީހާ ބޯޓުން ފައިބާފައިނުވާ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ.

މާލެއާއި ތިނަދޫ އާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލް ޕޮޒިޓިވް ވުމާއިގުޅިގެން ތިނަދޫއަށް އަރައި ފޭބުން މަނާކޮށް ރަށް މިހާރުވަނީ މޮނިޓަރިންނަށް ގެނެސްފައެވެ.

ގދ. ތިނަދޫއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށްފަހު އެރަށުން 41 މީހަކު ވަނީ އެކަހެރި ކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ