ހުޅުމާލޭ ޕޮލިސް ސްޓޭޝަން - ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި ތަރައްޤީކުރަން ފެށި ޕޮލިސް ސްޓޭޝަން މިއަދު ހުޅުވައިފިއެވެ.

ކުރީގެ ސަރުކާރުގެ ނިމުނުއިރު މަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާ މި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދިނީ، ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މި ޕޮލިސް ސްޓޭޝަނަކީ، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުން ބައިވެރިކޮށް އާއްމުން ކުށްކުށަށް އަރައިގަތުމަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ގާއިމްކުރި ޕޮލިސްސްޓޭޝަންއެއްކަމަށެވެ.

ހުޅުމާލޭގައި އަލަށް އެޅި މި ޕޮލިސް ސްޓޭޝަން ގާއިމުކުރެވިފައިވަނީ ހުޅުމާލެ ނެއިބާހުޑް އެކެއްގެ ސެންޓްރަލް ޕާކް ކައިރީގައެވެ. މީގެ ކުރިން ހުޅުމާލޭގައި ފުލުހުންގެ ޚިދުމަތް ދެމުން އައިސްފައިވަނީ،  އެޗްޑީސީ ބިލްޑިންގެ އިމާރާތުގެ ބައެއްގައެވެ.

27 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި ޕޮލިސް ސްޓޭޝަނަކީ 23225 އަކަފޫޓުގެ ބޮޑު ހުންނައިރު، އިމާރާތުގައި ޒަމާނީ ފެންވަރަށް ޤާއިމްކުރެވިފައިވާ3 ފަންގިފިލާ ހުރެއެވެ.

ޅުމަލޭގައި އަލަށް އިމާރާތް ކުރި ޕޮލިސް ސްޓޭޝަންގެ ބިންގާ 2015 ވަނަ އަހަރު އަޅާފައިވާއިރު، އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ