ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ގެ ޓްވިޓަރ އެކައުންޓު ސަސްޕެންޑު ކޮށްފި އެވެ.
ހިނާ ވަލީދު ވަނީ އެކަމަނާގެ ޓްވީޓަރ އެކައުންޓު ސަސްޕެންޑު ކޮށްފައިވާކަން "ފެށުން" އަށް ކަށަވަރުކޮށް ދެއްވާފައެވެ. 19000 އަށްވުރެ ގިނަ ފޮލޮވާރސް ހުރި ހީނާ ވަލީދުގެ ޓްވިޓަރ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ހީނާ ވަލީދު ވިދާޅުވީ އަބަދުވެސް ޓްވިޓަރ އެކައުންޓަށް ވަރަށް "އެޓޭކްސް" އަންނަ ކަމަށެވެ. "މި ދޭތެރެއަކުންވެސް ހުރި ގާތްގަނޑަކަށް މަންތެއް ވަރު ވަންދެން ސަސްޕެންޑް ކޮށްފަ" ހީނާ ވިދާޅުވިއެވެ.
ވަރަށް ގިނަ ފަރާތްތަކެއްގެ ޓްވިޓާ އެކައުންޓުތައް ސަސްޕެންޑު ކޮށްގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ހީނާ ވިދާޅުވި އެވެ.

ހީނާ މިހާރު ވަނީ ވަގުތީ ގޮތުން ބޭނުން ކުރުމަށް އެހެން ޓްވިޓަރ އެކައުންޓެއް ހުޅުވާފައެވެ.
ޓްވިޓަރ އެކައުންޓުތައް ސަސްޕެންޑް ކުރާނީ ޓްވިޓަރގެ އާންމު އުސާލާއި ހިލާފުވެގެން ކަމަށް ޓްވިޓަރ އެކައުންޓާއި ބެހޭ މައުލޫމާތުގައި ވަނީ ބުނެފައެވެ.




