އޮލިމްޕަހުގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދަނީ

އޮލިމްޕަހުގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދަން ޢާންމު މަޢުލޫމާތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާން ކޮށްފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ 16 ޖަނަވަރީ 2020 ގައިވެސް އޮލިމްޕަހުގައި ކެފޭއެއް ހިންގުމަށް އިޢުލާން ކޮށްފައެވެ. ނަމަވެސް މިއަދު ވަނީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކޮށްފައެވެެ.

އެންސީއޭ އިން މިއަދު ކުރި އިޢުލާނާއި ބުނެފައިވަނީ ކުރިން "އޮލިމްޕަސް ކެފޭ" ތަރައްޤީ ކުރުމަށް އެންސީއޭ އިން ދިން މަޢުލޫމާތުގައި ހުށަހެޅުނު ބަދަލުތައް، ކޯވިޑު 19 ގެ ޙާލަތުގައި، މިވަގުތު ނުގެންނަގޮތަށް ނިންމާފައިވާތީ އެ އިޢުލާން ބާތިލުކޮށްފައިވާ ކަމަށެވެ.

އަދި ކުރިން ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލު ކުރުމަށްފަހު، އަލުން އެންސީއޭއިން ދޭ މައުލޫމާތާ އެއްގޮތަށް އޮލިމްޕަސް ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލެވިފައިވާ ކަމަށް އެންސީއޭ އިން ވަނީ ބުނެފައެވެ.

އެގޮތުން މަޢުލޫމާތު ސާފުކުރުން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އޮލިމްޕަސް ކޮމްޕްލެކްސްގައި މި ސެޕްޓެމްބަރ 8 ވާ އަންގާރު ދުވަހު 11:00 ޖަހާއިރު އޮންނާނެ ކަމަށް އެންސީއޭގެ އިޢުލާންގައި ވަނީ ބުނެފައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން ސެޕްޓެމްބަރ20 ވަނަ ދުވަހުގެ 11:00 ގައި ހަމަ އެންސީއޭގެ އޮލިމްޕަސް ކޮމްޕްލެކްސްގައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެންސީއޭ އިން ބުނެފައިވަނީ މި ކެފޭ އަކީ ފަންނުވެރިން ބައްދަލުވެ ޚިޔާލު ބަދަލްކޮއްލެވޭ ފަދަ މާހައުލެއް އެކުލެވޭ ކެފޭ އަކަށް ވާންވާނެ ކަމަށާއި ކެފޭ ހިންގަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ގައިޑުލައިނާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ