ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް ވާދަވެރި ރެއަލްމެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.
ސްޕެއިންގެ ޤައުމީ ޓީމާއެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ރާމޯސް ބުނީ، މެސީއަށް އޭނާގެ މުސްތަޤުބަލާމެދު އަމިއްލަ ނިންމުން ނިންމުމުގެ ޙައްޤު އޭނާއަށް އޮންނަން ޖެހޭނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި އެއީ އެންމެ ރަނގަޅުގޮތްކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގޭކަމަށް ރާމޯސް ބުންޏެވެ.
ރާމޯސް ބުނީ، ސްޕެއިންގެ ފުޓްބޯޅައަށާއި، ބާސެލޯނާގެ އިތުރުން ރެއަލްމެޑްރިޑަށްޓަކައިވެސް މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށެވެ. މެސީގެ ސަބަބުން ސްޕެނިޝް ލީގާއި، ބާސެލޯނާ އަދި އެލްކްލެސިކޯވެސް އިތުރަށް ފުރިހަމަވާކަމަށްވެސް ރާމޯސް ބުންޏެވެ.
"ކޮންމެ މީހަކުވެސް ބޭނުންވާނެ އެންމެ މޮޅު ކުޅުންތެރިޔާ ހުންނަ ޓީމު ބަލިކުރަން. މެސީއަކީ ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް." ރާމޯސް ބުންޏެވެ.
ބާސެލޯނާ ދޫކޮށްލަން ބޭނުންވާ މެސީ އިޢުލާންކުރި ހިސާބުން ފެށިގެން އޭނާ ބެހެއްޓުމަށް ބާސެލޯނާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެސީގެ އެޖެންޓް އޭނާގެ ބައްޕައާއި ބާސެލޯނާގެ އިސްވެރިން ބައްދަލުމެއްވެސް މިހާރުވަނީ ބާއްވާފައެވެ. އަދި މިބައްދަލުވުމަށްފަހު މެސީ ބާސެލޯނާގައި މަޑުކުރާނެކަމަށް ޤަބޫލުކުރެވޭކަމަށް ބައެއް މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވެއެވެ.
??? Cuenta @arevalo_martin en @presionalta: "Hay 90% de chances que Messi siga en Barcelona. Mañana tendrá una decisión definitiva". ??? pic.twitter.com/m9Mx69PkdK
— César Luis Merlo (@CLMerlo) September 2, 2020
ނަމަވެސް ބައެއް ރިޕޯރޓްތައް ބުނާ ގޮތުން މެސީ ހުރީ ޕްރިމިއާ ލީގުގެ މެންޗެސްޓާރ ސިޓީއަށް ދިއުމަށް ތައްޔާރަށެވެ. އަދި މެސީ ސިޓީއާއެކު 5 އަހަރުގެ އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.



