ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވިޝުއަލް އާޓްސް، ފިލްމު އަދި މިއުޒިކުގެ ދާއިރާގައި މަސައްކަތްކުރާ އަދި އަލަށް މި ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްޜީން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްދޭނެ ފަރާތްތަކެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މި ތަމްރީން ޕްރޮގްރާމްތަކަކީ އޮންލައިންކޮށް ކުރިޔަށްގެންދާ ކުރު ތަމްރީން ޕްރޮގްރާމްތަކެއް ކަމަށާއި، މި ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ.
އެގޮތުން ވިޝުއަލް އާރޓްސް ދާއިރާއިން ތިން ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ޕްރޮގްރާމެއްގައި 1 ގަޑިއިރުގެ 10 ސެޝަން ހިމަނަން ވާނެކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ. މި ދާއިރާއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކަކީ ފައިން އާޓްއާއި، އެނިމޭޝަން (2 ޑީ)އާއި، ފްޓޯ ގްރަފީއެވެ.
ފިލްމް ދައިރާއިންވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ޕްރޮގްރާމެކެވެ. އެއީ ސްކްރިފްޓް ލިޔުމާއި، އެޑިޓިންގ އާއި ޑައިރެކްޝަންއެވެ. މި ދާއިރާގައިވެސް ކޮންމެ ޕްރޮގްރާމެއްގައި 1 ގަޑި އިރުގ ެ10 ސެޝަން ހިމަނަންވާނެކަމުގައި ވިދާޅުވެފައިވެއެވެ.
އެންމެ ފަހު ދާއިރާއެއްގެ ގޮތުގައި ބުނެފައިވަނީ މިއުޒިކްއެވެ. މިއުޒިކް ދާއިރާއިން 3 ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ. އެއީ ވޯކަލް ޓެކްނިކްސް އަދި ޓްރެއިނިންއާއި، ސައުންޑް އިންޖިނިއަރިންގ (ރެކޯޑިންގ / މިކްސިންގ ޓެކްނިކްސް) އާއި ބޭސިކް ގިޓަރ ޓެކްނިކްސް އަދި އެކްސަސައިޒްއެވެ. މި ދާއިރާގައިވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޕްރޮގްރާމެއްގައިވެސް 1 ގަޑި އިރުގެ 10 ސެޝަންއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން ނެޝަނަލް އާޓްގެލަރީގައި އަންނަ ބުދަ ދުވަހު 11:00 ގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން 17 ސެޕްޓެންބަރު 2020 ވަނަ ދުވަހު 11:00 ގައި އޮންނާނެކަމުގައިވެސް ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން ވަނީ ވިދާޅުވެފައެވެ.



