ރައީސްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ރޯކުރަން ގޮވާލި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ގޮވާލި އެ މައްސަލަ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުން އަންނައިރު، ފުލުހުން ވިދާޅުވީ ޓެރަރިޒަމްގެ މި އަމަލު އެ ފަރާތަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

"ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށްވަނީ އައިސްފަ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންވަނީ ބަލަން ފަށާފަ." ފުލުހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ރޯކުރަން އިދިކޮޅު ސަޕޯޓަރަކު ގޮވާލާފައިވަނީ އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެއަޑު ޕްރޮގްރާމުގައެވެ.

މިމައްސަލައާއި ގުޅިގެން އެޗެނަލްއާމެދު ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ. އަދި ޗެނަލް 13 ގެ އިތުރުން އެ ގޮތަށް ގޮވާލި މީހާއާމެދުވެސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އަދި މިމައްސަލައާއި ގުޅިގެން ޗެނަލް13 އިންވަނީ މަޢާފަށްވެސް އެދިފައެވެ. އެޗެނަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑުޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއްކަމަށެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށްއެދޭކަމަށެވެ.

ޗެނަލް 13 އިން މަޢާފަށް އެދިއްޖެ

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Komme gothe wias thiyakatha v.harukasi gothega kuweri kuran jehee

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ