ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް | ފޮޓޯ: ސަން

މިނިވަން ކަމުގައި ހައްދެއްވޭ: މަހުލޫފް

މިނިވަން ކަމުގައި ހައްދެއްވާ ކަމަށް ވިދާޅުވެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައަކަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކަ ޓުވިޓާރގައި ހިއްސާ ކުރައްވަމުން މަހުލޫފު ވިދާޅުވީ، މިނިވަން ކަމުގައިވެސް ހައްދެއްވާ ކަމަށާއި މިއީ މިނިވަން މީޑިއާ އާއި ހިޔާލުފާޅުކުރުމުގެ އިމުން ބޭރުވެ ހައްދުފަހަނަ އެޅުން ކަމަށެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ، މިހިސާބަށް ކަންކަން ދިއުމުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މީސްމީޑިއާގައި މިއަދު އާންމުވެފައިވާ ވީޑިއޯގައި ޗެނަލް13 އަށް ގުޅާ މީހަކު، އެމީހާއަށް ފެއްނަނީ މިހާރުން މިހާރަށްވެސް އިބްރާހިމް މުހައްމަދު ސޯލިހް ގައިގައި އަލިފާން ޖަހަން ކަމަށް ބުނުމުން އެ ޕުރަގުރާމް ހުށަހަޅަން ހުއްނެވި ފަރާތުން އެގުޅިއްވި މީހާއަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވައިފައިވެސް ވެއެވެ.

މިމައްސަލަ ހޫނުވެ ގިނަ ބަޔެއްގެ ފާޑުކިޔުން ޗެނަލް13 އަށް އަމާޒުވާން ފެށުމާއެކު ޗެނަލް13 އިންވަނީ މިއަމަލަށް މާފަށް އެދިފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ